ފުނަދުއަށް ފޭބީ ޔޮޓަށް ތެޔޮ އެޅުމަށް، ގަވާއިދާ ޚިލާފެއްނުވަން: ޖާބިރު

ފުނަދުއަށް ފޭބީ ޔޮޓަށް ތެޔޮ އެޅުމަށް، ގަވާއިދާ ޚިލާފެއްނުވަން: ޖާބިރު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:41
0

ކަނޑުމަތީގައި އެތައް ދުވަހަކު އުޅުމަށްފަހު ށ.ފުނަދުއާއި ހަމައިން ތެޔޮ ހުސްވުމުން އެރަށަށް ފޭބީ ޔޮޓަށް ތެޔޮ އެޅުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ ހެނދުނު، ގަވާއިދާ ހިލާފަށް ށ. ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުމާއި ގުޅިގެން ޖާބިރު ވިދާޅުވީ ފުނަދުއަށް ދިޔައީ ޔޮޓަށް ތެޔޮ އެޅުމަށް ކަމަށާއި އެވަގުތުގައި އެރަށަށް ފައިބާފައިވާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވެފައިވަނި މަޖިލިސްވެސް ޗުއްޓީ ދުވަސް ވަރަކަށްވުމުން ކަނޑުމަތީގައި އެޅޭތާ މިހާރު ވަރަށް ދުވަސް ވެފައިވާކަމަށެވެ. މާލެ އަށް ނާންނަތާ 14 ދުވަހަށްވުރެވެސް ގިނަ ދުވަސް ވެފައިވާކަމަށާއި، އޭނާ ކޯވިޑަށް އެންމެ ފަހުން ހެދި ޓެސްޓުންވެސް ނެގެޓިވް ވެފައިވާކަމަށެވެ. އެހެންކަމަށްވުމުން މިގޮތަށް ރަށްރަށް އެރުމަކީ ގަވާއިދާއި ޚިލާފު ކަމެއްކަމަށް ނުދެކޭ ކަމަށެވެ.

ފުނަދޫ ކައުންސިލުން ބުނެފައިވަނީ ޖާބިރު އެރަށަށް ފައިބައި ގިނަ އިރުތަކެއް ވަންދެން ރަށު ތެރޭގައި އުޅުއްވި ކަމަށެވެ. އެގޮތުން ޓެކްސީއެއްގެ ކުރީ ސީޓުގައި އިންނަވައިގެން ދަތުރުކުރެއްވި ކަމަށާއި، އަދި މާސްކް ނާޅުއްވާ އުޅުއްވި ކަމަށާއި އަދި ރަށުގެ މީހުންނާއެކު ފޮޓޯ ނަންގަވައި ހެއްދެވި ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި ޖާބިރު އެރަށަށް ވަޑައިގަތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހާއްސަ ހުއްދަ ނުނަންގަވައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް ޖާބިރު ބުނެފައިވަނީ އޭނާ އެރަށަށް ފޭބުނުން ރަށުގެ ބައެއް ބޭފުޅުން އޭނާއާއި ވާހަކަ ދައްކައި، ފޮޓޯ ނަންގަވައި ހެއްދެވި ކަމަށެވެ. އޭގެ ތެރޭގައި އެރަށުގެ ކައުންސިލް މެމްބަރުންވެސް ހިމެނޭ ކަމަށެވެ.

ޖާބިރުގެ މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުން ހުށަހަޅުއްވާފައިވާއިރު، މިމައްސަލާގައި މިހާތަނަށް އަދި އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެކޭ ވިދާޅުވެފައި ނުވެއެވެ. ޖާބިރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް އެޗްޕީއޭއިން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަރަންޓީން ވާންޖެހޭ ގޮތަށް ދަތުރު ކުރައްވަން ޖެހޭތީ އެކަމާއި އެންމެބޮޑަށް ނުރުހުންވެ ވަކާލާތު ކުރައްވާ މެމްބަރެވެ. ޖާބިރުވަނީ އެތައް ފަހަރެއްގެ މަތީން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށްވެސް މަޖިލީހުގައި ގޮވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހިލަން
ކަނޑައެޅިގެން ޖާބިރު އެ ހެދީ ދޮގެއް. މިހަފުތާ ތެރޭގަ ވެސް އޭނާ ތިލަފުށީގައި ބޯޓުޔާޑަކަށް ތި ޔޮޓް ކައިރިކޮށްގެން މަސައްކަތެއް ކުރިއިރު އެތަނުގަ އޭނާ ހުރި.