މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މިމަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ހަނދު ބެލުމާއި ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީ އަހަރުތަކުގައިވެސް ޢަމަލުކޮށްފައިވާ އުސޫލުގެ ތެރެއިންނެވެ. އެގޮތުން ހަނދު ދުުށް ފަރާތެއް، މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރަންޖެހޭ އިރު، ރަށްރަށުގައިނަމަ ހެކިބަސް ދޭންޖެހޭނީ އެ ރަށެއްގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، ހެކިބަސް ދޭންޖެހޭނީ އެ ވަގުތަކު އެ ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށް ޑީޖޭއޭ އިން ވިދާޅުވިއެވެ.
ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ރަމަޟާން މަހުގެ 29ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް، ރަށު ކައުންސިލް، އަދި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަނދު ދުުށް ފަރާތަކުން ހެކިބަސް ދިނުުމަށް ހާޒިރުވާއިރު، ހަނދު ހުރި އުސްމިނާއި، މިސްރާބާއި، ގުޅޭ އެހެން މައުލޫމާތުވެސް ދޭންވާނެ ކަމަށް ޑީޖޭއޭ އިން ވިދާޅުވިއެވެ. ހެކިބަސް ދިނުމަށްޓަކައި ދަތުުރެއް ކުރަންޖެހޭ ހާލަތެއްގައި، ދަތުުރުގެ ޚަރަދު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުުކުުރުުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުުޒާރާ އިންވެސް ޚާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. ކަލަންޑަރުުގައިވާ ގޮތުުން، ފިތުުރު ޢީދު ދުުވަހަކީ 20 މާރިޗެވެ.
ކޮމެންޓު ފޮނުވާ