ޚާމަނާއީ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަ އީރާނުން ދޮގުކޮށްފި

ޚާމަނާއީ އަވަހާރަވި ކަމަށް ދެކެވޭ ވާހަކަ އީރާނުން ދޮގުކޮށްފި

Author
ޙަސަން މުޙައްމަދު
28 ފެބްރުއަރީ 2026 09:29
0

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އީރާނުން ބުނެފިއެވެ.

އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ އިޒްރޭލުގެ މީޑިއާތަކުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އެ ގައުމުގެ ލީޑަޝިޕްގެ ހުރިހާ އިސް ބޭފުޅުން ތިއްބެވީ ރައްކާތެރިކަމާއެކު ސަލާމަތުން ކަމަށެވެ.

މީގެ އިތުރުން، އަމިއްލަ ދިފާއުގައި ތެދުވުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާކަން ފާހަގަކުރައްވައި އަރާގްޗީ ވިދާޅުވީ، އީރާނުން އެ ގައުމުގެ އެއްވެސް ހައްގެއް ދޫކޮށްނުލާނެ ކަމަށާއި ގައުމު އޮތީ ސާބިތުކަމާއެކު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.