އެމެރިކާ އާއި އިސްރާއީލު ގުޅިގެން ޚާމަނާއީގެ ގަނޑުވަރު ސުންނާފަތިކޮށްލައިފި: ލީޑަރު ރައްކާތެރި ތަނަކަށް

އެމެރިކާ އާއި އިސްރާއީލު ގުޅިގެން ޚާމަނާއީގެ ގަނޑުވަރު ސުންނާފަތިކޮށްލައިފި: ލީޑަރު ރައްކާތެރި ތަނަކަށް

Author
ހުސައިން
28 ފެބްރުއަރީ 2026 05:32
0

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު މިއަދު ހެނދުނު އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި، އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ގަނޑުވަރު ބިމާ ހަމަކޮށްލައިފިއެވެ.

އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ އެންމެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އެއް ކޮމްޕައުންޑަށް އަމާޒުކޮށް ދިން މި ހަމަލާގައި އެ އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައެވެ. މި ހަމަލާގެ ސަބަބުން އެތަނަށް ލިބުނު ބޮޑެތި ގެއްލުންތައް ދައްކުވައިދޭ ސެޓެލައިޓް ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ބައިނަލްއަގްވާމީ ގިނަ މީޑިއާތަކުން ވަނީ އެ ފޮޓޯތަކުގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ.

ގަނޑުވަރު އެއްކޮށް ސުންނާފަތިވި ނަމަވެސް، ހަމަލާ ދިން ވަގުތު ޚާމަނާއީ އެތަނުގައި ވަޑައިގެން ނުއުޅުއްވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ. އަދި ހަމަލާގެ ކުރިން، އީރާނުގެ އަސްކަރިއްޔާއިން އޭނާ ސަލާމަތީ ގޮތުން ރައްކާތެރި އެހެން ތަނަކަށް ބަދަލުކޮށްފައިވާކަން ވެސް ރިޕޯޓުތަކުން ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.