ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި، އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތް ކައުންސިލެއް އައްޑޫގައި އޮވެއްޖެނަމަ، އައްޑޫ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ރައްދު ދެއްވައިފިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް އައްޑޫ ސިޓީއަށް ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝުޖާ ވިދާޅުވީ ރައީސް ނަޝީދު ދައްކަވަނީ ކޮސްވާހަތަކެއް ކަމަށެވެ. ރައީސް ނަޝީދު އެމްޑީޕީގެ ކައުންސިލަކާއި، މޭޔަރަކު އައިސްގެން ކަންކަން ކުރާނެކަމަށް ވިދާޅުވާއިރު، މިހާރު އޮތީ ކޮން ޕާޓީއެއްގެ ކަންސިލެއްތޯ ޝުޖާ ވަނީ ސުވާލު އުފައްދާފައެވެ.
އައްޑޫ ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދީގެން މިހާތަނަށް ވީ އެއްވެސް ކަމެއް ނެތްއިރު، ވެފައިވާ ވައުދުތައް ނުފުއްދި ރައްޔިތުންވީ އިތުރަށް ނިކަމެތި ކަމުގައި ޝުޖާ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ރައްޔިޔުންވެސް އަދި ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ތާއަަބަދު އޮޅުވާލައިގެން ކަންކަން ނުކުރެވޭކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީީޕީއަށް ރައްޔިޔުން ބޮޑު ތަނުން ނޫކެވޭ ބުނާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ވެސް އައްޑޫގައި ހުންނެވީ އެމްޑީޕީ މޭޔަރެއް. އޮތީ އެމްޑީޕީ ކައުންސިލެއް. އެޖެންޑާ-19 އިން 7 މަޖިލިސް މެމްބަރުން އެމްޑީޕީއަށް. ކޮސް ގޮވަން ނުހައްދަވާ. އައްޑޫ ސިޓީ ރައްޔިތުންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ނުކުރައްވާ. އައްޑޫ ސިޓީ ރައްޔިތުންނަށް ތިޔަ ވިދާޅުވާ ވަައުދު ތައް އެގިއްޖެ.
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ފުލުހުންގެ އެކަޑެމީ ބިނާކޮށްފައިވަނީ ބިން ބޭނުންކުރުމުގައި އެކަށީގެންވާ މިންވަރަށް ނުވިސްނާ ކަމަށެވެ. އަދި މިހާރު އެތަނަކީ ތަޢުލީމީ މުއައްސަސާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫގެ މޭޔަރުކަމާއި ކައުންސިލު އެމްޑީޕީއަށް ލިބިއްޖެނަމަ މުޅި ދުނިޔެއާ އައްޑޫ ގުޅިގެން ހުޅުވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއިރު، މިހާރުވެސް އައްޑޫގެ މޭޔަރަކީ އެމްޑީޕީގެ މެންބަރެކެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އެންމެ މެންބަރަކުވެސް ނެތެވެ.
ކޮމެންޓު ފޮނުވާ