ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން އިންތިޒާމުކޮށްގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ތަރާވީހެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތް ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ ރޭ 9:30 ގައެވެ. ޕީއެންސީން ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުންނާއި އަދި ޕާޓީއަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުންނަށް ވެސް މި ތަރާވީހުގައި ބައިވެރިވެވަޑައިގަތުމަށް އާންމުކޮށް ދައުވަތު ހުޅުވާލާފައެވެ.
މި ހަރަކާތަކީ ޕާޓީގެ އިސް ލީޑަރުންނާއި އާންމު މެންބަރުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރި މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި ބާއްވާ ހަރަކާތެއް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ. ޕީއެންސީން މިހާރު ދަނީ މުޅި ރާއްޖޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ރައްޔިތުންގެ ޝުޢޫރުތައް ގާތުން އަޑުއެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ