ސެންޓްރަލް ޕާކުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރަށް، ދެ މީހަކު ފިލައިފި

ސެންޓްރަލް ޕާކުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރަށް، ދެ މީހަކު ފިލައިފި

Author
އައިޝަތު އަޙްމަދު
21 ފެބްރުއަރީ 2026 01:47
0

ހުޅުމާލޭ ސެންޓްރަލް ޕާކު ތެރޭގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުހައްމަދު މޮޝަރޮފް އާއި 36 އަހަރުގެ ނަޔަން މިއާ އެވެ. މި ދެ މީހުން މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މި މާރާމާރީގައި އިތުރު ބަޔަކު ވެސް ބައިވެރިވެފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހައްޔަރުކޮށްފައިވާ ދެ މީހުންގެ ސްޕޮންސަރުންނާ ގުޅައި، އެ ފަރާތްތަކުގެ ބަހެއް ހޯދުމަށް ވެސް ކޯޓު އަމުރުގައި އަންގާފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތެއް ބިދޭސީން ހިއްސާކުރާއިރު، ބިދޭސީން ލައްވައި ގަވާއިދާ އެއްގޮތަށް އަމަލުކުރުވުމަށާއި، އެ މީހުންގެ ފަރާތުން ފެންނަ ކުށްތައް ހުއްޓުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.