ހުޅުމާލޭގައި މަރާމާތުކުރަން އޮތް ޕިކަޕެއް ވެއްޓި، އޭގެ ދަށުވެ ދިވެއްސަކު ނިޔާވެއްޖެ

ހުޅުމާލޭގައި މަރާމާތުކުރަން އޮތް ޕިކަޕެއް ވެއްޓި، އޭގެ ދަށުވެ ދިވެއްސަކު ނިޔާވެއްޖެ

Author
ހުސައިން
16 ފެބްރުއަރީ 2026 12:23
0

ހުޅުމާލޭގައި ޕިކަޕެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ވެހިކަލް ވެއްޓި އޭގެ ދަށުވެ މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސަހަރާ ކައިރީގައެވެ. ޕިކަޕެއްގެ ދަށަށް ވަދެ އެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މީހާގެ ގައިމައްޗަށް ޕިކަޕު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 11:05 ހާއިރުއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.