މަޓީގެ ޗެއާމަންކަމަށް ޗަމްޕާ ހުސައިން އަފީފް އައްޔަންކޮށްފި

މަޓީގެ ޗެއާމަންކަމަށް ޗަމްޕާ ހުސައިން އަފީފް އައްޔަންކޮށްފި

Author
އަހުމަދު
15 ފެބްރުއަރީ 2026 05:29
0

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ހުސްވެފައިވާ ޗެއާމަންގެ މަގާމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފް (ޗަމްޕާ އަފީފް) އައްޔަންކޮށްފިއެވެ.

މި މަގާމަށް އަފީފް ހަމަޖައްސަވާފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގައެވެ. މަޓީގެ ޗެއާމަންކަމާ އަފީފް ހަވާލުވެވަޑައިގެންނެވިއިރު، މީގެ ކުރިން އޭނާ ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގައެވެ.

މަޓީގެ ޗެއާމަންގެ މަގާމު ހުސްވެފައިވަނީ، އެ ޖަމިއްޔާގެ ފައުންޑިންގ މެންބަރު އަދި ދިވެހި ފަތުރުވެރިކަމުގެ ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އަހަރު އަވަހާރަވުމާ ގުޅިގެންނެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަތިވެރި މަގްސަދުގައި 1982 ވަނަ އަހަރު އުފެއްދި މަޓީއަކީ، ހަމައެކަނި އެ ސިނާއަތުގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާއެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ތަރައްގީއާއި، އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ މުހިންމު ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.