ކުރުނބާ ރިސޯޓު ބޭރުގައި އޮތް ކަންނެލި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ދޯނިން ދަތުރުކުރި މީހުން ސަލާމަތްކޮށްފިއެވެ.
"ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ މި ދޯނީގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ދޯނި އަނދަމުންދާއިރު، މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. އަލިފާން ރޯވުމާއެކު ދޯނީގައި ތިބި ބައެއް މީހުން ވަނީ ފުރާނަ ސަލާމަތްކުރުމަށްޓަކައި މޫދަށް ފުންމާލާފައެވެ.
މި ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އެ އެންމެން ވެސް މިހާރު ވަނީ ރައްކާތެރިކަމާއެކު ނަގާފައެވެ. އޭގެ ތެރެއިން ގިނަ މީހުން ފުލުހުންގެ ލޯންޗަށް ނެގިއިރު، މޫދަށް ފުންމާލި މީހުންގެ ތެރެއިން ދެ މީހަކު ނަގާފައިވަނީ ތުލުސްދޫއިން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗަކަށެވެ. އަދި މި ސަރަހައްދުގައި މެރިން ޕޮލިހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ