މިއަހަރު ޚާއްސަވާނެ: ސްޕޯޓްސް އެވޯޑްސްގެ ދެ ހަފްލާއެއް ބާއްވަނީ

މިއަހަރު ޚާއްސަވާނެ: ސްޕޯޓްސް އެވޯޑްސްގެ ދެ ހަފްލާއެއް ބާއްވަނީ

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 02:13
0

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް އަގުވަޒަންކުރުމަށް ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ދެ ހަފްލާއެއް މިއަހަރު ބާއްވާނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ހަފްލާކަމަށްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025″ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާރޭއެވެ. މިނިސްޓްރީން ހާމަކުރިގޮތުގައި މާދަމާރޭ ބާއްވާ ހަފްލާއަކީ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހި ޤައުމީ ޓީމުތަކާއި، އެތުލީޓުންގެ އިތުރުން އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ޚާއްސަކޮށްފައިވާ ހަފްލާއެކެވެ. މިއީ އަސްލު 2025 ވަނަ އަހަރު ބާއްވަން އޮތް ހަފްލާއެއް ނަމަވެސް، އެކި ސަބަބުތަކާހުރެ މިއަހަރަށް ފަސްކުރެވުނީ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026″ ވެސް މި ހިނގާ 2026 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިއަހަރު ވެގެންދާނީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް ވަރަށް ޚާއްސަ، އެވޯޑުގެ ދެ ހަފްލާ އެއް އަހަރެއްގެ ތެރޭގައި ފެނިގެންދާނެ އަހަރަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.