ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހުގެ ޕްރޮމޯޝަނުން 10 މީހަކަށް ހައްޖު ދަތުރު ލިބިއްޖެ

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހުގެ ޕްރޮމޯޝަނުން 10 މީހަކަށް ހައްޖު ދަތުރު ލިބިއްޖެ

Author
އައިޝަތު އަޙްމަދު
12 ފެބްރުއަރީ 2026 12:05
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނުގެ ދަށުން، ހައްޖަށް ދިއުމުގެ އަގުހުރި ފުރުސަތު ލިބުނު 10 ނަސީބުވެރިން ހޮވައި އެކަން އިއުލާންކޮށްފިއެވެ.

މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފުޅާކޮށް ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ނަސީބުވެރިންނަކީ ފާތިމަތު ޖަބީން، މުފީދް އަބްދުލް ވައްހާބް، ލުގްމާން މުހައްމަދު، އަބްދުﷲ ފާލިހް، އިބްރާހިމް ނަސީރް، ސުހެއިލް އިބްރާހިމް، ސުއައިދް މުހައްމަދު، ސަދާގަތް އަބްދުﷲ، ޝިނާން އަބްދުﷲ އަދި އަހުމަދު ނިޝާދެވެ.

ބީއެމްއެލްއިން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކޮށްފައިވަނީ ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިންގ ފެސިލިޓީއެއް ނަގާފައިވާ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ފަރާތްތަކާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ. މީގެ ތެރޭގައި ކުރިން ޚިދުމަތް ހޯދަމުންދިޔަ ފަރާތްތަކާއި އަލަށް ޚިދުމަތް ހޯދަން ފެށި ކަސްޓަމަރުން ވެސް ހިމެނޭކަމަށް ބޭންކުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.