ރަމަޟާން މަހު ކައިވެނިކޮށްދޭ ގަޑިތަކާއި ފެމިލީ ކޯޓުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި

ރަމަޟާން މަހު ކައިވެނިކޮށްދޭ ގަޑިތަކާއި ފެމިލީ ކޯޓުގެ ރަސްމީ ގަޑިތައް ކަނޑައަޅައިފި

Author
އައިޝަތު އަޙްމަދު
10 ފެބްރުއަރީ 2026 10:16
0

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޢާއިލާއާ ބެހޭ ކޯޓުގެ ޚިދުމަތްތައް ދިނުމަށާއި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އެ ކޯޓުން އާންމުކޮށްފިއެވެ.

ފެމިލީ ކޯޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގައި އެ ކޯޓުގެ ޢާންމު ޚިދުމަތްތައް ލިބެން ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 ގެ ނިޔަލަށެވެ. އަދި ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:45 އިން 22:45 އަށެވެ.

މީގެ އިތުރުން، ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިތައް ކޮށްދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ ތަފްޞީލުވެސް އެ ކޯޓުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:45 އިން 22:45 އަށެވެ. ނަމަވެސް ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭގަނޑު 21:45 އިން 22:45 އަށް ކަމަށް ޢާއިލާއާ ބެހޭ ކޯޓުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.