ގުޅީފަޅު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ފަތުރުވެރިންތަކެއް ސަލާމަތްކޮށްފި

ގުޅީފަޅު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ފަތުރުވެރިންތަކެއް ސަލާމަތްކޮށްފި

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 11:22
0

ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއްގައި، އެ ލޯންޗުން ދަތުރުކުރި އެންމެން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. ހާދިސާ ހިނގިއިރު އެ ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިންގެ އިތުރުން ނުވަ ފަތުރުވެރިން ދަތުރުކުރަމުން ދިޔަ އެވެ.

ލޯންޗު ބަންޑުން ޖަހާލުމާ ގުޅިގެން ކަނޑުވި މީހުންނަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ އެ ސަރަހައްދުން ދަތުރުކުރި "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކުންނެވެ. އެއަށްފަހު، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓަށް އެ މީހުން ބަދަލުކުރި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އަދި ލޯންޗުން ދަތުރުކުރި ހުރިހާ އެންމެން މިއަދު ހެނދުނު 09:40 ހާއިރު ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.