ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 356 ވަޒީފާ: ޝާމިލުކުރުމުގެ ގައުމީ މަގުޗާޓު އިފުތިތާހުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 356 ވަޒީފާ: ޝާމިލުކުރުމުގެ ގައުމީ މަގުޗާޓު އިފުތިތާހުކޮށްފި

Author
ޙަސަން މުޙައްމަދު
04 ފެބްރުއަރީ 2026 06:02
0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބާރުވެރިކުރުމަށް އެކުލަވާލި ގައުމީ މަގުޗާޓު ރަސްމީކޮށް އިފުތިތާހުކޮށް، ސަރުކާރުގެ އެކި އިދާރާތަކުން މިހާތަނަށް އެފަދަ 356 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މުހިންމު "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެފަދަ ފަރާތްތަކަށް އޯގާތެރިވެ އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ހަމައެކަނި ވަޒީފާ ދިނުމުގެ ބަދަލުގައި، ވަޒީފާގެ މާހައުލަށް އެފަރާތްތައް އަހުލުވެރިކުރުވައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ވެސް ހިނގަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިއަދު މި ނެެރުނު މަގުޗާޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މި ޕްލޭން އެކުލަވާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.