ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމުން ކުރީގެ ރައީސް ޑރ. ވަޙީދު އިސްތިޢުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމުން ކުރީގެ ރައީސް ޑރ. ވަޙީދު އިސްތިޢުފާ ދެއްވައިފި

Author
ހުސައިން
03 ފެބްރުއަރީ 2026 03:13
0

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ނުވަތަ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. މިކަން ކަށަވަރުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑރ. ވަޙީދު އެ މަޤާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން ފޮނުއްވި އިސްތިޢުފާގެ ސިޓީފުޅު، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައެވެ.

އެމަނިކުފާނު އިސްތިޢުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.