ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ބެހޭ އައު ގަވައިދަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ބެހޭ އައު ގަވައިދަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

Author
ހުސައިން
03 ޖެނުއަރީ 2026 07:04
0

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ބެހޭ އައު ގަވައިދަށް ފާޑުވިދާޅުވެ، މުސްލިމް އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަނުން ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު އާންމުކުރި ގަވައިދުގައި، އަންހެން މުވައްޒަފުން ހެދުން އަޅަންވީ ގޮތް ތަފުސީލުކޮށް ބަޔާންކޮށް، ކަރުވަޅާއި ބުޑު ނިވާވާން ޖެހޭ ކަމަށް ކަނޑައަޅައި، އިސްތަށިގަނޑުގައި ކުލަ ޖެއްސުން ވެސް ވަނީ މަނާކޮށްފައެވެ.

މި ގަވައިދާ މެދު އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެކަނި އަންހެނުންނަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމަކީ ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށް ބުނެ، އެ އުސޫލުތައް އުވާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިންވަރު
މިކަމުގައި ކަންބޮޑުވާންވީ ސަބަބެއް ރަނގަޅަށް ބުނެދެވިފައިވާކަމަށް ނުދެކެން. ހެދުން ލައި ނިވާވުމަށް ބާރުއަޅުމަކީ ކަންބޮޑުވާންވީ ކަމެއްކަމަށް ދެކޭނަމަ، އެކަން ބަލައިގަންނާނެގޮތް މިތާގަިއ ނުބުންޏަސް އެނގޭނެ. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރޭގައިވެސް އެކަމާ ކަންބޮޑުވާ ބަޔަކު ތިބެދޭނެ ހެނެއް ހިއެއްނުވޭ. ކޮންމެ ބަޔަކުކުރިޔަސް ރަނގަޅު ކަންކަން ރަނގަޅު ކަމަށްބުނެ، ގޯސްކަންކަން ގޯސްކަމަށް ބުނުމުގައި ޢަދުލުވެރިވާންވާނެ. އެހެންނޫންނީ ޅެންވެރިޔާ ބުނާހެން "ނުރީއްޗަށް ރީތިކަން ދީފާ، ނުމީރަށް މީރުކަން ދީފާ، ނުމީހުން މީސްކުރަން އުޅުމީ މަކަރުވެރިކަމުގެ ހިންތާތާ!" މިހެން ބުނުމުގެ ފުރުޞަތު އޮންނާނެ.