790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފި

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް އިންވެސްޓްމަންޓް އެއްބަސްވުމުގައި ސޮއިކޮށްފި

Author
ޙަސަން މުޙައްމަދު
31 ޑިސެމްބަރ 2025 07:43
0

ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް ހުއްދަ ލިބުނު ފުރަތަމަ ކުންފުނި ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެކު ދިވެހި ސަރުކާރުން މިއަދު އިންވެސްޓްމަންޓް އެގްރިމަންޓުގައި ސޮއިކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރު މުހައްމަދު ސައީދު އަދި އެ ކުންފުނީގެ ފަރާތުން ސީއީއޯ ޕީޓާރް ކާސްޓިޗް އެ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ ދަށުން ހިންގާ މި ޕްރޮޖެކްޓަކީ 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ހިމެނޭ މަޝްރޫއެކެވެ. ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ހިންގާ "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި މަޝްހޫރުވާ މި މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި ދުނިޔޭގެ ފެންވަރުގެ ސިއްޙީ ހިދުމަތްދޭ ތަންތަން ތަރައްގީކުރާނެއެވެ. އިގްތިސާދީ ވުޒާރާއިން ބުނި ގޮތުގައި މި ޕްރޮޖެކްޓުގައި މަދުވެގެން 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ އަދި ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރާނެއެވެ. މި މަޝްރޫއު 2028 ވަނަ އަހަރަށް ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.