ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމުގެ މަތިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް މި ލުއިދިނުން ފެބްރުއަރީ 1، 2026 އިން ފެށިގެން ލިބޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
މިވަގުތު ކުނި އުކާލުމުގައި އެސްއެމްއީތަކުން ނަގާ ފީ ކުޑަކުރުމަށް ވަކި ބޭންޑުތަކެއް ތައާރަފުކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބޭންޑުތައް އާންމުކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ. ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު ބޭއްވި ބައްދަލުވުމުގައި ކުނި އުކާލުމުގެ އަގު ބޮޑުކަމަށް ބުނެ ބައެއް ވިޔަފާރިވެރީން ޝަކުވާ އުފުލާފައިވެއެވެ.
ކޮމެންޓު ފޮނުވާ