ދައުލަތުގެ އާމްދަނީ 37 ބިލިއަނަށް އަރައިފި

ދައުލަތުގެ އާމްދަނީ 37 ބިލިއަނަށް އަރައިފި

Author
ހުސެއިން
29 ޑިސެމްބަރ 2025 11:51
0

މި އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 36.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނެފައިވަނީ މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.5 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 33 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީއަކީ 27.4 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 74 ޕަސެންޓެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ޖުމްލަ އާމްދަނީގެ 25 ޕަސެންޓެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ޓެކްސް އާމްދަނީ 2.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު ޓެކްސް ނޫން އާމްދަނީ 1.6 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު މަދުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި އަހަރު ހިލޭ އެހީގެ ގޮތުގައި 301.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި 611.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.