އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ރިވެލި" ގެ ތެރެއިން މާލޭގައި ބަނގުރާ ކައްކައި ވިޔަފާރި ކުރަމުން ދިޔަ ތަނެއް ރެއިޑްކޮށް، އިންޑިއާގެ 2 ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ މޮހަންދާސް ރަޖެންދިރަން އާއި 41 އަހަރުގެ ބަލަސުބްރަމަނިޔަން ސެލަމް އެވެ. މި ދެމީހުން ކުއްޔަށް ނަގައިގެން އުޅުނު ގޭގެ 3 ފަންގިފިލާއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެމީހުން މިހާރު ވަނީ ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ