ހުޅުމާލޭގައި ދެބެންގެ ހިތްހަމަނުޖެހުމުގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގައި ދެބެންގެ ހިތްހަމަނުޖެހުމުގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަހަމްކޮށްލައިފި

Author
އަހުމަދު
21 ޑިސެމްބަރ 2025 08:15
0

ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރުގެ އެޕާރޓްމަންޓެއްގައި ދެބެންގެ ހިތްހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ 38 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލައިފި އެވެ.

އާދިއްތަ ދުވަހު އެ އެޕާރޓްމަންޓުގައި އަޑުގަދަކުރާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މައުލޫމާތު ލިބުމުން އެތަނަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަން ފާހަގަވެފައިވެ އެވެ.

ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައިނާރު ބުރިވެފައިވެ އެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ އިރު، މިމައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.