މިއަދުގެ ރީތި ތާރީޚުގައި 13 ކައިވެންޏެއް ކޮށްދޭނެ

މިއަދުގެ ރީތި ތާރީޚުގައި 13 ކައިވެންޏެއް ކޮށްދޭނެ

Author
އަހުމަދު
21 ޑިސެމްބަރ 2025 02:39
0

25-12-21 ގެ ރީތި ތާރީޚާ ގުޅުވައިގެން މިއަދު އެންމެ 13 ކައިވެންޏެއް ކޮށްދޭން ފެމިލީ ކޯޓުން ތާވަލުކޮށްފިއެވެ.

ދިވެހިންގެ މެދުގައި ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނިކުރުމަކީ އާންމު ކަމަކަށްވެފައިވާއިރު، އާންމު ދުވަސްދުވަހާ އަޅާބަލާއިރު، މިފަދަ ތާރީޚުތަކުގައި ކުރާ ކައިވެނިތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. މިއަދު ކޮށްދޭ 13 ކައިވެނީގެ ތެރެއިން ފަސްކައިވެންޏެއް ކުރެވޭނީ ރަސްމީ ގަޑީގައި ކަމަށާއި، އަށް ކައިވެންޏެއް ކުރެވޭނީ ނުރަސްމީ ގަޑީގައި ކަމަށް ފެމިލީ ކޯޓުން ހާމަކުރިއެވެ.

ރީތި ތާރީޚުތަކުގައި ބައްދަލުވުންތަކަށް ހާޒިރުވާ އަދަދު ބޮޑުވުމުން، ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި ގޮނޑިބަރި ހަމަޖައްސައި ތައްޔާރުވެސް ކުރެއެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ނޮވެމްބަރު މަހު މާލޭގައި 192 ކައިވެންޏެއް ކޮށްދީފައިވާއިރު، މިއަދުގެ އަދަދު އެއާ އަޅާބަލާއިރު މަދުކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.