ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓާގައި 37 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުނިތަކުގެ ދަރަނި ހުރީ 35 ބިލިއަން ރުފިޔާގައެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އޮތީ އެމްއޭސީއެލްގައި ކަމަށް ހިސާބުތަކުން ދައްކައެވެ. އެ ކުންފުނީގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ދަރަނި އެހާ ބޮޑަށް އިތުރުވެފައިވަނީ އެސްޓީއޯ އާއި އެމްއޭސީއެލް އަދި ފަހިދިރިއުޅުން ކޯޕަރޭޝަންގެ ދަރަނި އިތުރުވެފައިވާތީއެވެ. އެސްޓީއޯގެ ދަރަނި 983 މިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، އެއީ 25 ޕަސެންޓުގެ އިތުރުވުމެކެވެ. އެމްއޭސީއެލްގެ ދަރަނި 1.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ފަހިދިރިއުޅުން ކޯޕަރޭޝަންގެ ދަރަނި 900 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.
ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ އެޗްޑީސީގައި ކަމަށް ހިސާބުތަކުން ދައްކައެވެ. އެ ކުންފުނީގެ ދަރަނި 9.3 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ފަސް ޕަސެންޓު ދަށްވެފައިވެއެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވި އިރު، ފުރަތަމަ ކުއާޓާގައި އާމްދަނީ ނުވަ ޕަސެންޓަށް ދަށްވެފައިވީ ނަމަވެސް، ފައިދާ 10 ޕަސެންޓް އިތުރުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ