ހުޅުމާލެ ފޭސް 2 ގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކޮށްފި

ހުޅުމާލެ ފޭސް 2 ގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކޮށްފި

Author
އަހުމަދު
19 ޑިސެމްބަރ 2025 10:32
0

ހުޅުމާލެ ފޭސް 2 ގައި އެފްޑީސީން ތަރައްގީކުރި 4،000 ފްލެޓުގެ ޑައުންޕޭމަންޓާއި މަހު ކުލި ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ. މާލެ ސަރަހައްދުގެ ރައްޔިތުންނާ ބޭއްވި ބައްދަލުވުންތަކުގައި އެފްޑީސީގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ބޮޑުކަމުގެ ޝަކުވާތައް ރައީސް އަރިހަށް އައިސްފައިވުމާ ގުޅިގެން މި ބަދަލު ގެނެސްދެއްވީ ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ބަދަލުގެ ދަށުން ދެ ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުލި 8،000 ރުފިޔާއިން 7،000 ރުފިޔާއަށް ކުޑަކުރެވިފައިވާއިރު، ޑައުންޕޭމަންޓަކީ 15،000 ރުފިޔާގެ ބަދަލުގައި 7،000 ރުފިޔާއެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގެ މަހު ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކުރެވިފައިވާއިރު، ޑައުންޕޭމަންޓަކީ 25،000 ރުފިޔާގެ ބަދަލުގައި 8،000 ރުފިޔާއެވެ. މި ބަދަލުތަކާ އެއްގޮތަށް ފްލެޓްތަކުގެ އާ އެއްބަސްވުންތައް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ އަދި ވިނަރެސް ފްލެޓްތަކާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ވެސް ރައީސް ރޭ އިޝާރާތް ކުރައްވައި، ހައްލުތަކެއް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ކުރި ހޭދައަށް ދިން 200،000 ރުފިޔާ އުނިކުރުމަށް ކޮށްދޭން ހުރި ކަންކަން ކޮށްދޭނެކަމަށާއި، މަހުން މަހަށް ދައްކަން ޖެހޭ މިންވަރާއި ފްލެޓްގެ އަގާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓު ގަތުމަށް ބޭންކުން ލޯނު ނެގި ފަރާތްތަކަށް ވެސް މަހުން މަހަށް ދައްކަން ސަރުކާރުން ކަނޑައަޅި އަގާ އެއްވަރުގެ އަދަދެއް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ރޭގެ ބައްދަލުވުމުގައި ރައީސް ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.