ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ގައި

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ގައި

Author
އަހުމަދު
17 ޑިސެމްބަރ 2025 10:07
0

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ހޮވުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބާއްވާ ޕްރައިމަރީ އިންތިހާބު މި މަހުގެ 27ވަނަ ދުވަހު ބާއްވަން އެ ޕާޓީން މިއަދު ނިންމައިފިއެވެ.

މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕާޓީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލުމުން ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މި މަހުގެ އެކަކުން 15އަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިހާބު މި މަހުގެ 27ވަނަ ދުވަހު ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓް ހަމައެކަނި ހޯދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖަރ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލް އެ ޕާޓީން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އަދި ކައުންސިލް އިންތިހާބަށް ޕާޓީގެ އިންތިހާބީ ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ފިރުޒުލް ހަމަޖައްސާފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.