ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް އަމާޒުކޮށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ސްޕޯކްސްޕާސަނަކަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ހަމަޖައްސައިފިއެވެ.
އިންތިހާބާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކެމްޕޭން މެނޭޖަރު ފަލާހް ވިދާޅުވީ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަމަށެވެ. އެޕާޓީން ކުރިމަތިލާ ކެންޑިޑޭޓުންނަށް ޝަކުވާ ހުށަހެޅޭނީ ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ކަމަށާއި، ސީދާ ޕާޓީއަށް މައްސަލަ ހުށަހެޅޭނެ ނަންބަރު ކެންޑިޑޭޓުންނަށް އާންމު ކުރާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
މި އިންތިހާބުގެ ކެމްޕޭން މެނޭޖަރަކަށް ވެސް ހަމަޖައްސާފައިވަނީ ފަލާހެވެ.
ކޮމެންޓު ފޮނުވާ