މިމަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އަތުލައިގެންފައިވަނީ 3050 ގްރާމްގެ ކެނެބިސް ފަތެވެ. މި މަސްތުވާތަކެތީގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާއަށް އަރާކަން ވެސް ކަސްޓަމުން ހާމަކޮށްފައިވެއެވެ.
ނަމަވެސް މި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހާ ކޮން ގައުމެއްގެ މީހެއްކަމާއި، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ކަސްޓަމްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ