ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، 2023 އާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދީ ކާމިޔާބީތައް ހޯދި 32 ފަރާތަކަށް އިނާމު އަރުވާއިފިއެވެ. އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިފަހަރާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މަސްވެރިކަމުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް އިފްތިތާހުކޮށް އެއްބަސްވުންތަކުގައި ސޮއިކުރެއްވިއެވެ. ކަނދޮޅުދޫގައި އަލަށް މަސް ކިރޭ ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްސަ ފެސިލިޓީއާއެކު ޤާއިމުކުރުމުގެ އެއްބަސްވުމާއި، އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް ބެލުމުގެ ނިޒާމާއި، ބޭންކް އޮފް މޯލްޑިވްސްގެ މަސްވެރިޔާ ޕޯޓަލް، "ފްރޮމް މޯލްޑިވްސް" ބްރޭންޑްގެ ވެބްސައިޓް، މިފްކޯގެ މަސް ކިރާ އެޕްލިކޭޝަން، އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވުމުގެ ޕްލޭން ހާމަކުރެއްވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެވިފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ރަށުގައި މަސްވެރިންގެ ގުންޒަރުވެސް ހިމެނޭގޮތަށް މަސްވެރިކަމާ ގުޅުންހުރި ފުޅާ ދާއިރާއެއްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ