ހުޅުމާލެއިން ޓޯކުރާ އުޅަނދުތައް ނުގެންދާނަމަ ނައްތާލާނެ، ލިބޭނީ 60 ދުވަހުގެ ފުރުސަތެއް

ހުޅުމާލެއިން ޓޯކުރާ އުޅަނދުތައް ނުގެންދާނަމަ ނައްތާލާނެ، ލިބޭނީ 60 ދުވަހުގެ ފުރުސަތެއް

Author
އަހުމަދު
12 ޑިސެމްބަރ 2025 10:02
0

 

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތައް ޓޯކުރަމުންދާއިރު، މި އުޅަނދުތައް އަނބުރާ ހޯދުމަށް ވެރިންނަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ފުލުހުން ބުނެފިއެވެ. އެ މުއްދަތުގައި އުޅަނދު ނުގެންދާނަމަ ގާނޫނީ އިޖުރާއަތުގެ ދަށުން ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މަހުގެ 6 ވަނަ ދުވަހު ފަށާފައިވާ މި ޓޯއިން އޮޕަރޭޝަނުގައި ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ނަގަމުން ގެންދަނީ މި މަހުގެ ތާރީޚް 1 ގައި ގެޒެޓް ކުރި ހާއްސަ އިއުލާނާ އެއްގޮތަށެވެ.

ފުލުހުން ބުނި ގޮތުގައި އުޅަނދު އަނބުރާ ހޯދުމަށް ވެރިފަރާތުން ހުރިހާ ޖޫރިމަނާއެއް ދެއްކުމަށްފަހު ހުޅުމާލެ ފޭސް 1 ފުލުހުންގެ ސްޓޭޝަނުން ލިބޭ ސްލިޕާއެކު ތިލަފުށަށް ދިއުމުން އުޅަނދު ދޫކުރާނެއެވެ. އުޅަނދު ގެންދާނީ ރަޖިސްޓްރީ ކުރެވިފައިވާ ޒޯނަށް ކަން ކަށަވަރުކުރާނެ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ. ޓޯކުރާ އުޅަނދުތައް 7 ދުވަހަށްފަހު އާންމުކޮށް އިއުލާންކޮށް، އެއަށްފަހު 60 ދުވަހުގެ މުއްދަތު ދިނުމަށްފަހު ވެސް ނުގެންދާ އުޅަނދުތައް ނައްތާލާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.