އައްޑޫ ހައިސްކޫލުގައި ގްރޭޑް 12 ގެ ދަރިވަރަކަށް އަނިޔާކުރި ބިދޭސީ ޓީޗަރަކު ސަސްޕެންޑް ކޮށް، މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި، ބީޓެކް ކްލާހެއްގައި އިންޑިއާގެ ޓީޗަރަކު ދަރިވަރެއްގެ ކަރުގައި ހިފައި ތަޅައި، އަނިޔާކުރާތަން ފެންނަން ހުއްޓެވެ. އެ ރުޅިވެރިކަމުގައި ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖެހިއިރު، މާރާމާރީ ހިންގި އިރު ކްލާސްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައެއް މީޑިއަތާކަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި، މިނިސްޓްރީން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ