މަސްވެރިކަން ކުރިއެރުވުމަށް ފަށާފައިވާ މަޝްރޫޢުތައް ނިންމަންޖެހޭ: ރައީސް ޞާލިޙް

މަސްވެރިކަން ކުރިއެރުވުމަށް ފަށާފައިވާ މަޝްރޫޢުތައް ނިންމަންޖެހޭ: ރައީސް ޞާލިޙް

Author
އަހުމަދު
10 ޑިސެމްބަރ 2025 12:06
0

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރީގެ ސަރުކާރުން ފެށި ބޮޑެތި މަޝްރޫޢުތައް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ތަހުނިޔާގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވަނީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަރިސް ކުރައްވައި، މަސްވެރިކަން ކުރިއެރުވުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް އެދިވަޑައިގަންނަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ކަންތައްތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓުތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މަޝްރޫޢުތަކެއް ކަން އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ. އެ ސަރުކާރު ނިމުނު އިރު ބައެއް އައިސްޕްލާންޓުތައް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައި ހުރިކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.