ތޫފާނުގެ ގެއްލުމުން އަރައި ނުގަނެވެނީސް ސްރީލަންކާގައި އަނެއްކާވެސް މޫސުމީ ރެޑް އެލާޓް ނެރެފި

ތޫފާނުގެ ގެއްލުމުން އަރައި ނުގަނެވެނީސް ސްރީލަންކާގައި އަނެއްކާވެސް މޫސުމީ ރެޑް އެލާޓް ނެރެފި

Author
އަހުމަދު
08 ޑިސެމްބަރ 2025 10:37
0

ތޫފާން ދީތުވާގެ ސަބަބުން ފާއިތުވި ހަފުތާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށް ސްރީލަންކާއަށް އަނެއްކާވެސް ރެޑް އެލާޓް ނެރެފިއެވެ.

ބަންގާޅު ކަނޑުގައި މިވަގުތު އުފެދިފައިވާ ކޮޅިގަނޑު މި ހަފުތާގެ ތެރޭގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް ދުނިޔޭގެ ހަބަރުފަތުރާ ވަސީލަތްތަކުން މިއަދު ލަފާކޮށް، ލަންކާގެ ދެކުނުގެ ހަތް ސަރަހައްދަކަށް ރެޑް އެލާޓް ވެސް ނެރެފައިވެއެވެ. މޫސުމާބެހޭ އިދާރާއިން ވަނީ މިރޭ 11:00 އާ ހަމަޔަށް ވިދާ ގުގުރާނެ ކަމަށް އިންޒާރުދީފައެވެ.

މިދިޔަ ހަފުތާގައި އެ ގައުމަށް އެރި ތޫފާން ދީތުވާގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި މަދުވެގެން 300 މީހުން މަރުވެ، 25،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވި ކަމަށް ޕިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކުރެއެވެ. 148،000 އަށް ވުރެ ގިނަ މީހުން ދައުލަތުގެ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، ބައި މިލިއަން މީހުންނަށް އެކި ވައްތަރުގެ އެހީތެރިކަން ބޭނުންވެފައިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ކޭންޑީ ސަރަހައްދުން ކަމަށާއި، އެތަނުން 88 މީހުން މަރުވެ 150 މީހުން ގެއްލިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރަށް ކަމަށާއި، މިރޭގެ ވަގުތެއްގައި އިންޑިއާއަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. މިއީ 2003 ވަނަ އަހަރު 254 މީހުން މަރުވި ފެންބޮޑުވުމުގެ ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.