މޭޔަރު އާޒިމްގެ ވާހަކައަކުން މާރިޔާ ދީދީ ނުރުހުން، ގޮވާލެއްވީ އާޒިމް މާފަށް އެދުމަށް

މޭޔަރު އާޒިމްގެ ވާހަކައަކުން މާރިޔާ ދީދީ ނުރުހުން، ގޮވާލެއްވީ އާޒިމް މާފަށް އެދުމަށް

Author
އަހުމަދު
08 ޑިސެމްބަރ 2025 03:47
0

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރައްވާ އާޒިމް އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ، ވެރިކަން ގެއްލި ޕާޓީ މާޔޫސްކަމުގައި އޮތް ވަގުތު މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށް ޕާޓީއަށް ރޫހު ގެނުވައިދިން ބޭފުޅަކީ އޭނާ ކަމަށެވެ.

މޭޔަރުކަމުގެ ޕްރައިމަރީގައި އަލީ އާޒިމާއި ދެ އާޒިމްކުރެ އެއްވެސް ބޭފުޅަކަށް ތާއީދުނުކުރައްވާ މިނިވަންކޮށް ހުންނެވިކަން ހާމަކުރައްވާ މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ހުރިހާ ހިތްވަރަކީ އޭނާ ކަމަށް ބުނެ އާޒިމް ދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން އަދި ޕީޕީއެމްގެ ވެރިކަމާ ދެކޮޅަށް 2013 ގައި ބިރުނުގަނެ ނުކުތީ އެމްޑީޕީގެ ރީނދޫ ލަޝްކަރު ކަމަށް ބުނެ މާރިޔާ ވިދާޅުވީ އާޒިމް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށެވެ.

މިދިޔަ ވެރިކަމުގެ ދުވަސްވަރުން ފެށިގެން އެތެރޭގެ ބައިބައިވުން ބޮޑުވެފައި އޮތް އެމްޑީޕީއަށް އަދިވެސް އެކުވެވޭނެ މަގެއް ނުފެނެއެވެ. މޭޔަރުކަމުގެ ޕްރައިމަރީގައި ދެ އާޒިމްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ކުރީގެ ރައީސް ޞާލިޙްގެ ތާއީދު އާދަމަށް އޮތްއިރު، ކުރީގެ ރައީސް ނަޝީދު އުޅުއްވަނީ އަލީ އާޒިމްގެ ކެމްޕޭންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.