ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރަމުން އަންނަ 55 ކައުންސިލް އިދާރާގެ މަސައްކަތް 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ޖޫން މަހުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމައި ކައުންސިލްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.
ކައުންސިލް އިދާރާތައް ތަރައްގީކުރުމަށް ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 50 ކައުންސިލް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ