ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިދިޔަ އޮކްޓޫބަރު 11 ގައި ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ. އެ އިމްތިހާނުގައި 136 ކެންޑިޑޭޓުން ބައިވެރިވި ނަމަވެސް ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވީ 47 ޕަސެންޓު ދަރިވަރުން ކަމަށް ބާ ކައުންސިލުން ހާމަކުރި އެވެ.
އިމްތިހާނުން އެންމެ މަތީ ވަނަ ހާސިލުކުރީ ވިލާ ކޮލެޖުގެ މުއިއްޒު އިބްރާހިމް އެވެ. ދެވަނައަށް ޔުނިވާސިޓީ އޮފް މެންޗެސްޓާގެ މަރިޔަމް ސައިފާ ރަޝީދު އަދި ތިންވަނައަށް ވިލާ ކޮލެޖުގެ އަލީ މުރާދު ހޮވުނެވެ. އެ ލިސްޓުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެ ދަރިވަރުން، ޓޭލާސް ޔުނިވާސިޓީގެ އެކަކު، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ އެކަކާއި އިނގިރޭސިވިލާތުގެ ދެ ޔުނިވާސިޓީއަކުން ތައުލީމު ހާސިލުކުރި ދަރިވަރުން ހިމެނެ އެވެ.
ބާ އިމްތިހާނަކީ ގާނޫނީ ދާއިރާއަށް ނުކުންނަ މީހުންގެ ގާބިލުކަން ކަށަވަރު ކުރުމަށް ބާއްވާ އިމްތިހާނެކެވެ. މި އިމްތިހާނުގެ ޒަރީއާއިން ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ލޭންޑް ލޯ، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމަށް ކެންޑިޑޭޓުން އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރެ އެވެ.
ކޮމެންޓު ފޮނުވާ