ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން ހަވާލުކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަލީ ޒުހެއިރެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ޖޯވޭޑޮންގު އެވެ.
މި މަޝްރޫއުގެ ދަށުން 1.1 ކިލޯމީޓަރުގެ މަގު 5 އާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ. މައިގަނޑު ގޮތެއްގައި މަރާމާތުކުރާނީ ތާރުގަނޑު ހަލާކުވެފައިވާ މަގުތަކެވެ. އޭގެ ތެރޭގައި ފިތުރޯނު މަގާއި އެ ސަރަހައްދުގެ ގޯޅިތަކާއި އެޕޯލޯ ޓަވަރު، ވަން އެވެނިއު، އައިރާ ރެސިޑެންސް އަދި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހިމެނެ އެވެ. މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފޭސް 1 އިންނެވެ.
ކޮމެންޓު ފޮނުވާ