ހުޅުމާލޭގެ ކްލިނިކަކުން ތިން ދަތެއް ނެގިތާ މާ ގިނައިރުތަކެއް ނުވެ އަންހެނަކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު މަރުވީ ސ. ހިތަދޫ، ހަދީޖާ ސަލީމް، 60، އެވެ.
ހަދީޖާގެ ފިރިމީހާ އަދުނާން އިބްރާހީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޯރާ ކެއާ ޑެންޓަލް ކްލިނިކުން ދަތް ނެގުމަށް ފަހު އައިސް ކްރީމް ބޯން ގޮސް އިންދާ ހާލު ގޯސްވީ ކަމަށެވެ. ދަތް ނެގިތާ ވިއްސަކަށް މިނެޓު ތެރޭ ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ މަރުވީ ކަމަށް އޭނާ ބުންޏެވެ. ހަދީޖާއަކީ ހަކުރު ބައްޔާއި ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އަދި ލޭ މައްޗަށް ދާތީ ބޭސް ކުރަމުން ދިޔަ މީހެކެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
ކޮމެންޓު ފޮނުވާ