ތޫފާން "ޑިޓްވާ" އާ ގުޅިގެން ލަންކާއަށް ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރުގެ އެހީ ހަވާލުކޮށްފި

ތޫފާން "ޑިޓްވާ" އާ ގުޅިގެން ލަންކާއަށް ދިވެހި ސަރުކާރުން ދިން 50،000 ޑޮލަރުގެ އެހީ ހަވާލުކޮށްފި

Author
އަހުމަދު
02 ޑިސެމްބަރ 2025 09:28
0

ސްރީލަންކާއަށް އެރި ތޫފާން "ޑިޓްވާ" ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ކަނޑައެޅުއްވި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ލަންކާގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ހާރިޖީ ވަޒީރު ވިޖިތާ ހެރަތެވެ.

މި ފައިސާގެ އެހީގެ އިތުރުން 25،000 މަސް ދަޅު ކޭސް ހަދިޔާ ކުރެއްވުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ނިންމަވައިފައެވެ. ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ލަންކާގެ ހާރިޖީ ވަޒީރު ވިދާޅުވީ މި ދަނޑިވަޅުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމަކީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޕީއެސްއެމް އިސްނަގައިގެން ރާއްޖޭގެ މީޑިއާތައް ގުޅިގެން ބޭއްވި "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން 800،352 ޑޮލަރު ލިބި، އެ ފައިސާ ވެސް މިއަދު ވަނީ ހާރިޖީ ވުޒާރާއާ ހަވާލުކޮށްފައެވެ. ލަންކާއަށް ކުރި މި ގަދަ ވިއްސާރައިގައި 450 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.