އޭޝިއާ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާ ޕްރޮވިންސުން 300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ބޯކޮށް ވެހުނު ވާރެއާއެކު ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ހަލާކުވެ، 500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހާމަކުރެއެވެ. މީގެ އިތުރުން 100 އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ކަމާބެހޭ އިދާރާތަކުން 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަމަވެސް، މަގުތައް ބަންދުވެފައި ހުރުމުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ