ތޫފާން ދީތުވާއާ ގުޅިގެން ސްރީލަންކާގައި ތާށިވި ފަރާތްތަކުގެ ވިސާ ފީ މާފުކޮށްދީފި

ތޫފާން ދީތުވާއާ ގުޅިގެން ސްރީލަންކާގައި ތާށިވި ފަރާތްތަކުގެ ވިސާ ފީ މާފުކޮށްދީފި

Author
އަހުމަދު
29 ނޮވެމްބަރ 2025 05:09
0

ތޫފާން ދީތުވާގެ ސަބަބުން ސްރީލަންކާގައި ކުއްލި ޙާލަތު އިޢުލާންކޮށް، ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން އެޤައުމުގައި ތާށިވެފައިވާ ބިދޭސީންގެ ވިސާ ފީއާއި ޖޫރިމަނާ މާފުކޮށްދިނުމަށް ސްރީލަންކާގެ އިމިގްރޭޝަނުން ނިންމައިފިއެވެ.

ދިވެހި އެމްބަސީން ހާމަކުރި ގޮތުގައި މި ލުއިތައް ލިބޭނީ މިމަހުގެ 28 ވަނަ ދުވަހު ފުރަން ހަމަޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން މޫސުން ގޯސްވެ ނުފުރުނު މީހުންނަށެވެ. މީގެ އިތުރުން ފަތުރުވެރިންނާއި ބިޒްނަސް އަދި ރެސިޑެންސް ވިސާގެ ކަންކަން ހަމަޖެއްސުމަށް 7 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، މި ޚިދުމަތް އެޤައުމުގެ އިމިގްރޭޝަން ވެބްސައިޓުން ލިބޭނެއެވެ.

ތޫފާނުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ރާއްޖެއިންވެސް ވަނީ އެހީ ފޮނުވުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.