ނުވަރަލިއާ އިން ގެއްލުނު ދިވެހި އާއިލާ ސަލާމަތުން ފެނިއްޖެ

ނުވަރަލިއާ އިން ގެއްލުނު ދިވެހި އާއިލާ ސަލާމަތުން ފެނިއްޖެ

Author
އަހުމަދު
28 ނޮވެމްބަރ 2025 10:03
0

ސްރީލަންކާގެ ނުވަރަލިއާގެ ފަރުބަދަ ސަރަހައްދަށް ދަތުރުކުރި ދިވެހި ފިރިހެނަކާއި އޭނާގެ އަނބިމީހާ އަދި ކުޑަ ދަރިފުޅު ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ އެ އާއިލާއާ ގުޅިއްޖެއެވެ.

މީގެ ތިން ދުވަސް ކުރިން އެ އާއިލާގެ ހަބަރެއް ނުވެގެން ލަންކާގައި ދިރިއުޅޭ ރަހުމަތްތެރިއެއް ވަނީ ދިވެހި އެމްބަސީއަށް ރިޕޯޓުކޮށްފައެވެ. އެ އާއިލާއާ ހަބަރު ނުވީ އެ ސަރަހައްދުން ދެ ދުވަސް ވަންދެން ކަރަންޓު ކެނޑިފައި އޮތުމުން ކަމަށް އާއިލާ އިން ބުނެއެވެ.

"ދިޓްވާ" ތޫފާން ލަންކާއަށް އެރުމާ ގުޅިގެން މުޅި ގައުމަށް ރަތް ސަމާލު ނެރެފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. މި ތޫފާނުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.