މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދޭން ފަށައިފި

މާލެ އާއި ހުޅުމާލެއަށް ކަރަންޓު އަލުން ދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
26 ނޮވެމްބަރ 2025 03:06
0

މިއަދު މެންދުރު ފަހު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކެއް ދިމާވިއެވެ. ހުޅުމާލެއިން ކަރަންޓު ކެނޑިފައި ވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެންނެވެ.

ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި ހުޅުމާލޭ ބާ އިންޖީންގެ އެނެކްސް 1 ގެ މީޑިއަމް ވޮލްޓޭޖް ޕެނަލްގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ދެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ބައެއް ފީޑާތައް ކުއްލި ގޮތަކަށް އޮފްވެފައި ވެއެވެ. އެހެންވެ ވަގުތީ ގޮތުން ކަރަންޓު ކެނޑިގެން ދިޔައީއެވެ.

މިހާރު ފީޑާތައް އޮން ކުރުމާއެކު ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މައްސަލައިގެ ސަބަބުން އާންމުންނަށް ލިބުނު ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.