އިމާރާތަކުން ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދަށް މާދަމާ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ. އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއަށް ރައުދު ވަނީ އިއުތިރާފުވެފައެވެ.
މި މައްސަލައިގެ ހުކުމް ކުރުމަށް ތާވަލްކޮށްފައިވަނީ މާދަމާގެ 13:00ގައެވެ. އެޕްރީލް 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ޔުމްނު ވެއްޓިފައި ވަނީ އިންވެގެން ހުރި ހ. މިޓާޒްގޭ ފުރާޅުމައްޗަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދީ، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވެއެވެ.
ކޮމެންޓު ފޮނުވާ