މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލައިގަންނާނީ އީ-ވިސާ

މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލައިގަންނާނީ އީ-ވިސާ

Author
ހުސައިން
23 ނޮވެމްބަރ 2025 10:53
0

ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލުން މިއަދުން ފެށިގެން ވޯކް ވިސާގެ ގޮތުގައި ބަލައިގަންނާނީ އީ-ވިސާ ކަމަށް އިއުލާނު ކޮށްފިއެވެ. މި ބަދަލާއެކު، ޕާސްޕޯޓުގައި ހުރި ވޯކް ވިސާތައް ސައްހަ ވިސާއެއްގެ ގޮތުގައި މިހާރު  ބަލައި ނުގަންނާނެއެވެ.

އީ-ވިސާ ސިސްޓަމް ތައާރަފުކުރުމާއެކު ޕާސްޕޯޓުގައިވާ ވޯކް ވިސާތައް އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އީ-ވިސާގެ މުއްދަތު ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި، މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމާއި ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ލިބޭނީ ހޯމްލޭންޑް މިނިސްޓްރީއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް އޮވެގެން ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އީ-ވިސާ ހިދުމަތް ތައާރަފުކުރުމުގެ މައިގަނޑު މަޤްސަދަކީ ވަކިވަކި ސިސްޓަމްތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ކުޑަކޮށް، އޮންލައިންކޮށް ވިސާ ޑައުންލޯޑުކޮށް ލުއިފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ޤާއިމުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.