މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައަޅާފައިވާ ވަރަށްވުރެ ބޮޑު ތަފާތަކުން އިތުރަށް ސަބްސިޑީ ހޭދަވެ، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ތިން ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން ހޭދަކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ސަބްސިޑީއަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 1.85 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ހޭދަވެފައިވަނީ ބަޖެޓަށްވުރެ 161.5 ޕަސެންޓް އިތުރު އަދަދަކުން ކަމަށް ރިޕޯޓުގައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހަރަދުކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ. ސަބްސިޑީ ހޭދަ މިހެން އިތުރުވެފައިވަނީ މި އަހަރުގެ ބަޖެޓުގައި ކަރަންޓު، ކާބޯތަކެތި، މަސްވެރިކަން، ޓްރާންސްޕޯޓު އަދި ނަރުދަމާ ސަބްސިޑީ ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓު ފޮނުވާ