ފިނޭންސް މިނިސްޓްރީން ހާމަކުރި ފިޒްކަލް ރިޕޯޓުން ދައްކާ ގޮތުގައި ނޮވެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 43.8 ބިލިއަން ރުފިޔާއަށް އަރައިފައިވެ އެވެ. މި އަދަދުގައި ލޯނު ދެއްކުމަށް ކުރި ހޭދައާއި އިންވެސްޓްމަންޓް އަދި ލެންޑިންގްސްއަށް ކުރި ހަރަދު ހިމެނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ލޯނު ދެއްކުމަށް 4.4 ބިލިއަން ރުފިޔާ، އިންވެސްޓްމަންޓްސްއަށް 1.6 ބިލިއަން ރުފިޔާ އަދި ލެންޑިންގްސްއަށް 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދަކީ 29.1 ބިލިއަން ރުފިޔާއަށްވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ސަލާމަތްވެފައިވާ އަދަދެކެވެ. މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 12 ބިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ ހަރަދަށް 17.3 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.
ކެޕިޓަލް ހަރަދާއި ޕީއެސްއައިޕީއަށް ކުރި ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. ކެޕިޓަލް ހަރަދު 10.5 ބިލިއަނުން 4.8 ބިލިއަނަށް ދަށްވެފައިވާއިރު ޕީއެސްއައިޕީގެ ހަރަދު 9.3 ބިލިއަނުން 6.9 ބިލިއަނަށް ދަށްވެފައިވެ އެވެ.
ކޮމެންޓު ފޮނުވާ