ކްލައުޑްފްލެއާގެ ހިދުމަތްތަކަށް ބުރޫއަރާ ރާއްޖޭގެ ވެސް ގިނަ ވެބްސައިޓްތަކާއި އެޕްތަކުގެ ޚިދުމަތް މެދުކެނޑިއްޖެ

ކްލައުޑްފްލެއާގެ ހިދުމަތްތަކަށް ބުރޫއަރާ ރާއްޖޭގެ ވެސް ގިނަ ވެބްސައިޓްތަކާއި އެޕްތަކުގެ ޚިދުމަތް މެދުކެނޑިއްޖެ

Author
ޙަސަން މުޙައްމަދު
18 ނޮވެމްބަރ 2025 08:32
0

ދުނިޔޭގެ އެންމެ ބޮޑު އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން، ރާއްޖޭގެ އެކި ހިދުމަތްތަކަށް މިއަދު ބުރޫ އަރައިފި އެވެ.

ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީއާއި ޕާފޯމަންސް ހިފެހެއްޓުމަށް ބޭނުންކުރާ މި ކުންފުނީގެ ހިދުމަތް މެދުކެނޑުމުން، އެކްސް އާއި ޗެޓްޖީޕީޓީ ފަދަ މަޝްހޫރު ވެބްސައިޓްތައް ޑައުންވުމުގެ އިތުރުން، މުޅި ދުނިޔޭގައި އެތައް ހާސް ވެބްސައިޓަކަށް ވަނީ އަސަރުކޮށްފަ އެވެ.

ރާއްޖޭގައި ވެސް މި މައްސަލައިގެ އަސަރު ކުރީ ބޮޑަށެވެ. ދިރާގާއާއި އުރީދޫ އަށް ވަނީ ބައެއް ވެބްސައިޓްތަކާއި އެޕްލިކޭޝަންސްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެފަ އެވެ. އެއާއެކު ބީއެމްއެލް އާއި އެމްއައިބީގެ އޮންލައިން ބޭންކިން ހިދުމަތްތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. މި ދެ ބޭންކުންވެސް ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށެވެ. ރާއްޖޭގެ ބައެއް ނޫސްތަކުގެ ވެބްސައިޓްތަކަށް ވެސް މި މައްސަލައިގެ ސަބަބުން ބުރޫ އަރައިފައިވެ އެވެ.

ކްލައުޑްފްލެއާއިން ބުނީ ޑޭޝްބޯޑާއި އޭޕީއައި ފެއިލްވެ "އެރާ 500″ ގެ މެސެޖު ކަސްޓަމަރުންނަށް ލިބެމުންދާކަން އެނގިފައިވާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޑީޑޮސް ފަދަ ސައިބާ ހަމަލާތަކުން ރައްކާތެރިކުރުމަށް ބޭނުންކުރާ މި ހިދުމަތް ބުރޫއެރި މިއީ އެންމެ ފަހުގެ އެންމެ ބޮޑު ހާދިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.