މިއަހަރުގެ ފުރަތަމަ ދިހަ މަހުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަށް 2987 އެނދު އިތުރުކޮށް އޮޕަރޭޝަނަށް ގެނެސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އަހަރު ފެށުނު އިރު އޮޕަރޭޝަނަށް ގެނެސްފައިވާ އެނދުގެ އަދަދަކީ 63،248 އެނދުކަމަށްވާއިރު، މިހާރު އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ އަށް 66،235 އެނދު ހިމެނެއެވެ. މި އެނދުތަކުގެ ތެރޭގައި ރިސޯޓުތަކުން 44،247 އެނދާއި، ގެސްޓް ހައުސްތަކުން 16،068 އެނދާއި، ހޮޓާތަކުން 2،598 އެނދާއި، ސަފާރީތަކުން 3،322 އެނދު ހިމެނެއެވެ.
މިހާރު ފަތުރުވެރিންނަށް ޚިދުމަތްދޭން ހުޅުވާލާފައިވާ ޓޫރިސްޓު ފެސިލިޓީގެ އަދަދަކީ 1،295 ކަމަށްވާއިރު، މީގެ ތެރޭގައި 176 ރިސޯޓާއި، 935 ގެސްޓުހައުސް، 168 ސަފާރީއާއި، 16 ހޮޓާ ހިމެނެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،897،840 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ