އަތޮޅު ފެންވަރުގެ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ނައިބު ރައީސް

އަތޮޅު ފެންވަރުގެ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ނައިބު ރައީސް

Author
ޙަސަން މުޙައްމަދު
13 ނޮވެމްބަރ 2025 10:57
0

ހއ.އުތީމުގައި ބޭއްވި ތިލަ އުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، އަތޮޅުތެރޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. މިފަދަ މުބާރާތްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެއްބާރުލުންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، އަތޮޅުތެރޭގައި ބާއްވާ މިފަދަ މުބާރާތްތަކުގެ ސަބަބުން ރަށްރަށުގެ މެދުގައި ގުޅުން ބަދަހިވެ ވާދަވެރިކަން އިތުރުވާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ މުބާރާތްތަކުން ހުނަރުވެރި ކުޅުންތެރިން ފާހަގަވުމުގެ އިތުރުން، ރަށްތަކަށް އިގްތިސާދީ ގޮތުން ނަފާހޯދޭ މަގުތައް ހުޅުވިގެންދާކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑެތި މުބާރާތްތައް އަތޮޅު ރަށްތަކަށް ހުޅުވައިލައިގެން ބޭއްވުމަކީ ވަރަށް މުހިއްމު އިޖްތިމާއީ ހަރަކާތެއް ކަމަށާއި، ހއ.އަތޮޅުގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް މި މުބާރާތުން ލިބިގެންދިޔަކަން ފާހަގަކުރައްވާ، ކައުންސިލްތަކާއި އިންތިޒާމްކުރާ ފަރާތްތަކަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައި ހިތްވަރުދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.